އިއްޔެ ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައިރިއަށް މޫދަށް އެރި އުޅެނިކޮށް ދިމާވި ހިތާމަވެރި ހާދިސާއެއްގައި ނިޔާވި އެއަތޮޅު ނޮޅިވަރަންފަރު ކުޑަ ކުއްޖާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސލް ނަސީމް، ހދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގައި، ހދ. ނޮޅިވަރަންފަރަށް ވަޑައިގެން، އެ ހާދިސާގައި ނިޔާވި ކުއްޖާގެ އާއިލާއާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.