މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަރުޖަމާނަކަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު އައްޔަންކޮށްފިއެވެ.
އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިޒްމިއާ އަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަރުޖަމާނަކަށް އައްޔަންކުރެވުނު ފުރަތަމަ އަންހެން ބޭފުޅާކަމަށެވެ. އަދި އިޒްމިއާ އަކީ ސިންގަަޕޫރުގެ ނޭޝަނަލް ޕޮލިސް އެކަޑަމީއިން، ޕީސް އެންޑް ކޮންފްލިކްޓް ސްޓަޑީސް އިން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވާ އޮފިސަރެއްކަމަށްވެސް ވިދާޅުވެފައިވެއެވެ.
އަދި މި ބަދަލަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މީޑިއާއާއި އާންމުންނާ އޮންނަ ގުޅުން ވީހާވެސް ރަނގަޅު ކުރުމުގެ ގޮތުން ގެނައި ބަދަލެއްކަމަށްވެސް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ވަނީ ވިދާޅުވެފައެވެ.
ކުރިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަރުޖަމާނަކަށް ހުންނެވީ ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާންއެވެ.