ޚަބަރު

އުރީދޫގެ އެމްވީޕީއެން އަންލިމިޓެޑް ޒުވާނުންގެ މަރުކަޒުތަކަށް


އަތޮޅުތަކުގެ ޒުވާނުންގެ މަރުކަޒުތަކަށް ފޯނާއި އިންޓަނެޓްގެ ހިދުމަތް ދިނުމަށް އުރީދޫއިން އެމްވީޕީއެން އަންލިމިޓެޑް ސާރވިސް ތައާރަފްކޮށްފިއެވެ.މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިޔާތުގައި އެ ހިދުމަތަށް ބޭނުންވާ ސާމާނު، ޔޫތު ސެންޓަރުތައް ހުންނަ ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކޮށްދެއްވާ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ކުޑަ ހަރަދަކުން ޔޫތު ސެންޓަރުތަކުގެ މުވާސަލާތީ ގުޅުން ވަރުގަދަކޮށް އެސެންޓަރުތައް ހިންގުން ހަރުދަނާކުރުން ކަމަށެވެ. އެގޮތުން ކުރިން ހަރަދުވި މިންވަރު މިހާރު ވަރަށް ވަރަށް ބޮޑުތަން ކުޑަވެގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ އެމްވީޕީއެން އަންލިމިޑެޓް ސާވީސް ފޯރުވައިދޭން ބޭނުންވާ ސާމާނު މިއަދު ހަވާލުކުރި ތޭވީސް ޔޫތު ސެންޓަރުން ޔޫތު މިނިސްޓްރީގެ ބޭނުންތަކަށް ނޫން ކަންކަމުގައި އެއްވެސް އަގަކާއި ނުލާ ހިލޭ ޔޫތު ސެންޓަރުތައް ބޭނުން ކުރެވެން ޖެހެނެ ކަމަށެވެ. އަދި މާފަންނު ސޯޝަލް ސެންޓަރުގައި އުރީދޫން ހިލޭ ވައިފައިގެ ހިދުމަތް ފޯރުވައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.