ޚަބަރު

ފުވައްމުލައް ސިޓީގައި ކޯޑު ކުރަން ދަސްކޮށްދޭ ކޭމްޕެއް ބާއްވައިފި


ފުވައްމުލައް ސިޓީގައި ކޯޑު ކުރަން ދަސްކޮށްދޭ ކޭމްޕެއް ބާއްވައިފިއެވެ.

"ކޯޑް ކޭމްޕް" ގެ ނަމުގައި މިމަހުގެ 15 އިން 17 އަށް ފުވައްމުލަކު އައިޓީ އިންކިއުބޭޓަރގައި ކުރިއަށްގެންދިޔަ މި ކޭމްޕުގައި 21 ކުދިން ބައިވެރިވެފައިވެއެވެ. ފުވައްމުލަކު ޓެކް ކޮމިއުނިޓީއިން އިންތިޒާމުކޮށްގެން، ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެޗްޓީއެމްއެލް އާއި ސީއެސްއެސް އާއި ޖަވާސްކްރިޕްޓް ކޯޑް ކުރާނެގޮތް ވަނީ ބައިވެރިންނަށް ކިޔަވައިދީފައެވެ.

މި ކޭމްޕް އިންތިޒާމްކުރި، ފުވައްމުލަކު ޓެކް ކޮމިއުނިޓީ އިން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެއްވެސް ފީއެއް ނުނަގާ މިފަދަ ޕްރޮގްރާމްތައް ހިންގުމަށް ރާވަފައިވާކަމަށެވެ.

މިފަދަ ޕްރޮގްރާމް ތަކުގެ ގެ ސަބަބުން ކޯޑިންގެ ދާއިރާއިން ކުރިޔަށް ދާން ބޭނުންވާ މީހުންނަށާއި، ކުދިންނަށް މިދާއިރާއިން ކުރިޔަށް ދިއުމަށް މަގުފަހިވެގެން ދާނެ ކަމަށްވެސް ފުވައްމުލައް ޓެކް ކޮމިއުނިޓީއިން ބުނެއެވެ.