ސިޔާސީ

ސަރުކާރުންދަނީ ޤާނޫނުއަސާސީ އާއި ޚިލާފްވަމުން- ނަޝީދު


ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވަނީ ރާއްޖެއަށް ޚުދުމުޚްތާރު ނިޒާމެއް ތަޢާރަފް ކުރެއްވުމަށްކަމަށާއި އެކަން އެމްޑީޕީން ފެއިލްކޮށްލާނެކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.އެމްޑީޕީން ރޭ ބޭއްވި އެއްވުމެއްގައި ވާހަކަފުޅުދައްކަވަމުން މުހައްމަދު ނަޝީދު ވިދާޅުވީ ސަރުކާރުން ގާނޫނު އަސާސީއާއި ޚިލާފްވަމުންދާކަމަށާއި މާލިއްޔަތު ގާނޫނާއި ލާ މަރުކަޒީ ގާނޫނާއި ޚިލާފްވަމުންދާކަމަށެވެ.ރައީސް ޔާމީނަށް ނިސްބަތްކުރައްވައި ނަޝީދު ވިދާޅުވީ އެޕާޓީ އޮތީ ކޮންމެ ވަގުތެއްގައި ކޮންމެ މިނިޓެއްގައިވެސް ރައީސް ޔާމީނާއި ދެކޮޅަށް ނުކުންނަންކަމަށެވެ.ރޭ އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅުދެއްކެވި ގިނަ ބޭފުޅުންވަނީ އެމްޑީޕީގެ ހަރަކާތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަތުމަށް ގޮވާލައްވާފައެވެ.ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ފަހުނޭވާއާއި ހަމައަށްވެސް ގާސިމްގެ ދިފާއުގައި މަސައްކަތްޕުޅު ކުރައްވާނެކަމަށެވެ.