ވިޔަފާރި

ޝީޝާއިން "100 ދުވަސް" ނަމުގައި ޕްރޮމޯޝަނެއް ފަށައިފި


ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސައިކަލުގެ ވިޔަފާރިކުރާ ޝީޝާއިން "100 ދުވަސް" ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ޝީޝާއިން ބުނީ ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް 100 ދުވަހާއި ހަމައަށް ކުރިއަށްދާ ޕްރޮމޯޝަންގެ ތެރެއިން އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.

މިގޮތުން ޓީޗަރުންނާއި ނަރުހުންގެ އަތުން އިންސްޓޯލްމަންޓަށް ޝަން އިންޓްރެސްޓްގެ ގޮތުގައި ނަގަމުން ދިޔަ 1.5 އިންސައްތައިގެ ރޭޓް، 1.25 އިންސައްތައަށް ކުޑަކޮށްފައިވާކަމަށް ޝީޝާއިން ބުނެއެވެ. އެއާއެކު ސައިކަލް ގަންނަ ފަރާތަށް 4000 ރުފިޔާގެ ޢަދަދެއް ސަލާމަތްކުރެވޭނެކަމަށް ޝީޝާއިން ބުނެއެވެ. އަދި ޒުވާނުންގެ މެދުގައި މަޤްބޫލް ޒޫމާ އެކްސް މޮޑެލްގެ ސައިކަލުތަކުގެ އިންސްޓޯލްމަންޓްގެ އިންޓްރެސްޓް ރޭޓްވެސް އެކެއް އިންސައްތައަށް ކުޑަކޮށްފައިވާކަމަށް ޝީޝާއިން ބުނެއެވެ. އަދި ހޮންޑާ އެއަރ ބްލޭޑަށްވެސް ވަރަށް ބޮޑު ޑިސްކައުންޓެއް މި ޕްރޮމޯޝަންގެ ތެރެއިން ލިބިގެންދާނެއެވެ.

"މި ޕްރޮމޯޝަންގެ ޚާއްސަ ކަމަކީ ސަތޭކަ ދުވަހަށް މި ޕްރޮމޯޝަން ކުރިއަށް ދާނެ. ވަކި ބޭފުޅަކަށް ނޫން.. ހުރިހާ ބޭފުޅުންނަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ. އިންސްޓޯލްމެންޓަށައި، އެމްއައިބީ (މޯލްޑިވްސް އިސްލާމިކް ބޭންކް) އެމްއެފްއެލް (މޯލްޑިވްސް ފިނޭންސް ލީސިންގ) މެދުވެރިކޮށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ" ޝީޝާގެ ސޭލްސް އަދި މާރކެޓިންގް އެގްޒެކެޓިވް، ޙައްވާ ޝިވާނީ ވިދާޅުވިއެވެ.

ޝީޝާއިން ބުނީ މީގެ އިތުރުން ޝީޝާއިން ގަންނަ ސައިކަލުތައް އަތޮޅުތެރެއަށް ގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. މާލެ އާއި ހުޅުމާލޭގެ އިތުރުން އައްޑޫއާއި ކުޅުއްދުފުށީގައި ހުންނަ ޝީޝާގެ އައުޓްލެޓްތަކުގައިވެސް ސަތޭކަ ދުވަހުގެ މުއްދަތަކަށް މި ޕްރޮމޯޝަން ކުރިއަށް ގެންދާނެއެވެ.

ޝީޝާއަކީ ރާއްޖޭގައި ހުންނަ ހޮންޑާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރއެވެ. 1997 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން އަންނަނީ ހޮންޑާ މޮޓޯ ސައިކަލާއި އޭގެ ސްޕެއަރ ޕާޓްސް ދިވެހިންނަށް ފޯރުކޮށް ދެމުންންނެވެ.