ޚަބަރު

ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް ހއ.ދިއްދުއަށް ވަޑައިގެންފި


ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް ހއ.ދިއްދުއަށް ވަޑައިގެންފިއެވެ.

ޔޫތު މިނިސްޓަރ ދިއްދުއަށް ވަޑައިގަތީ މިއަދު ހަވީރު ދިއްދޫގައި ބާއްވާ އެއްލައްކަ ކަޕް، ފުޓްބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވުމަށްޓަކައި، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަތީފް މުޙައްމަދުގެ ދައުވަތަށެވެ.

ޔޫތު މިނިސްޓަރުގެ އަރިހުގައި، ޤައުމީ ޓީމްގެ ކުރީގެ ކެޕްޓަން ޢަލީ އަޝްފާޤާއި ޢަލީ ޢުމެޢިރު ވެސް ދިއްދޫ އަށް ވަޑައިގެންފައިވެއެވެ.

ދިއްދޫގައި ބާއްވާ އެއްލައްކަ ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަތީފް މުޙައްމަދު ދިއްދޫގެ ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން ވެފައިވާ ވަޢުދުތަކުގެ ތެރެއިން އެއް ވަޢުދެވެ. މިއީ ދިއްދޫގައި މި މުބާރާތް ބާއްވާ 5 ވަނައަހަރެވެ.