ޚަބަރު

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެންމެންގެ އެހީ ބޭނުން- ޔޫއެންޑީޕީ


ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް، ހާސިލްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތް ކާމިޔާބުކުރުމަށް ހުރިހާ އެންމެންގެވެސް އެއްބާރުލުން ބޭނުންވާކަމަށް ޔޫއެންޑީޕީން ބުނެފިއެވެ.

ޔޫއެންޑީޕީން ހޮޓެލް ޖެންގައި ބޭއްވި "މޭކް މައި އައިލެންޑް" ޕްރޮޖެކްޓްގެ މަސައްކަތްތައް ދާއްކާލުމަށް ބޭއްވި ރަސްމިއްޔާތަށްފަހު، ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން އޫއެންޑީޕީގެ އެސިސްޓެންޓް ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ނަޝީތު ތާހާ ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަކީ، ހަމައެކަނި ދިވެހި ސަރުކާރާއި އދގެ މަސައްކަތުން ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

ތޯހާ ވިދާޅުވީ މި ލަނޑުދަނޑިތައް ހާސިލްކުރުމަކީ، ޕްރައިވެޓް ސެކްޓަރ އާއި އަމިއްލަ ފަރުދުން ގުޅިގެންވެސް ކުރެވޭނެ މަސައްކަތެއްކަމަށާއި މިކަމުގައި ޔޫއެންޑީޕީއާއި ގުޅިގެން މަސައްކަތްކުރަނެ އިތުރު ފަރާތްތައްވެސް ހޯދަމުންދާ ކަމަށެވެ.

"މޭކް މައި އައިލެންޑް" ޕްރޮޖެކްޓްގެ މަސައްކަތްތައް ދާއްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ، ޔޫއެންޑީޕީ މޯލްޑިވްސް އިން ނެރޭ މޭކް މައި އައިލެންޑް މެގަޒިންގެ އާ އަދަދެއްވެސް ލޯންޗުކޮށްފައެވެ.

އިޖްތިމާއީ މަސައްކަތްތައް ކުރިއެރުވުމަށް މަސައްކަތް ކުރަމުން އަންނަ، އދގެ ޖަމްޢިއްޔާއެއް ކަމަށްވާ ޔޫއެންޑީޕީން ކުރިއަށް ގެންދިޔަ "މޭކް މައި އައިލެންޑް" ގެ މަސައްކަތްތައް ހިއްސާ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެ ޕްލެޓްފޯމްގެ ދަށުން ކޮށްފައިވާ މަސައްކަތްތައް ދައްކާލާފައިވެ.
އެގޮތުން 2018 ވަނަ އަހަރުތެރޭ ކޮށްފައިވާ މަސައްކަތް ތަކާއި 2019 ވަނަ އަހަރު ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތައްވެސް ވަނީ ހިއްސާކޮށްފައެވެ.