ކުޅިވަރު

އެއްލައްކަ ކަޕްގެ ފައިނަލްގައި ޓީނޭޖް ބޯއީސް އަދި ބްލެކް ޒިނޯ!


ދިއްދޫގެ ޒުވާނުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ އެއްލައްކަ ކަޕްގެ ފައިނަލުން ބުލެކްޒިނޯ އަދި ޓިނޭޖު ބޯއީސް ޖާގަ ހޯދައިފިއެވެ.

ފައިނަލްގެ ފުރަތަމަ ޖާގަ ބުލެކްޒީނޯ ހޯދީ ނާޑްސް ސުޕޯޓްސް ހަތަރެއް ދޭކުން ބަލިކޮށްގެންނެވެ. ސެމީ ފައިނަލް ދެވަނަ މެޗުގައި ނާޑު ސްޕޯޓްސް ނިކުތީ ޓީނޭޖު ބޯއީސްއެވެ. މިމެޗު ހަތަރެއް ދޭކުން ކާމިޔާބުކުރީ ޓީނޭޖް ބޯއީސްއެވެ.

މިމުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވާ ހޮނިހިރު ދުވަހުއެވެ. މި މެޗު ޔެސްޓީވީން ވަގުތުން ދެއްކުމަށްވަނީ ހަމަޖެހިފައެވެ.

އެއްލައްކަ ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުޙައްމަދު ދިއްދޫގެ ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން ވެފައިވާ ވަޢުދުތަކުގެ ތެރެއިން އެއް ވަޢުދެވެ. މިއީ ދިއްދޫގައި މި މުބާރާތް ބާއްވާ 5 ވަނައަހަރެވެ.