ޚަބަރު

ފަހިޕޭ - މިހާރު ދިވެހި ބަހުންވެސް ބޭނުންކުރެވޭ


ގިނަ ބިލްތަކެއް އެއް އެޕްލިކޭޝަނެއް މެދުވެރިކޮށް ދައްކާލެވޭގޮތަށް ތައްޔާރުކޮށްފައިވާ "ފަހިޕޭ" އެޕްލިކޭޝަން ދިވެހި ބަހުން ބޭނުންކުރެވޭ ގޮތް ހަދައިފިއެވެ.

"ފަހިޕޭ "އަކީ ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މޯލްޑިވްސް ގޭސް އަދި މީޑިއާ ނެޓަށް ފައިސާދެއްކުމުގެ އިތުރުން އުރީދޫ އަދި ދިރާގުގެ ބިލްތަކަށްވެސް ފައިސާ ދެއްކޭ އެޕްލިކޭޝަނެކެވެ.

އެޕްލިކޭޝަން ތަރައްޤީކުރީ ފަރާތުން ބުނީ އިނގިރޭސިބަހުން ބޭނުންކުރަމުދިޔަ އެޕްލިކޭޝަން، ދިވެހިބަހުންވެސް ބޭނުންކުރެވޭ ގޮތް ހެދީ، އާއްމުންނަށް ވީހާވެސް ފަސޭހައިން އެޕްލިކޭޝަން ބޭނުންކުރުމުގެ މަގުފަހިކޮށްދިނުމަށްކަމަށެވެ.

2016 ގައި ތަޢާރަފްކުރި ފަހިޕޭއަކީ ދިވެހި ދެ ޒުވާނަކު ތައްޔާރުކުރި އެޕްލިކޭޝަނެކެވެ. މިއެޕްލިކޭޝަން އެންރޮއިޑް އަދި އެޕަލް ފޯނުންވެސް ބޭނުންކުރެވޭނެއެވެ.