ޚަބަރު

ސުނާމީގައި ގެދޮރު ގެއްލުނު ހުރިހާ ފަރާތަކަށް ގެދޮރު ހަވާލުކޮށްފި


ސުނާމީއާ ގުޅިގެން ގެދޮރު ފޯރުކޮށްނުދެވޭ އެއްވެސް ރައްޔިތަކު މިހާރު ނުހުންނާނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.ސުނާމީ މަޝްރޫއުތަކާބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ހައުސިން މިނިސްޓަރ ވިދާޅުވީ، ސުނާމީއާ ގުޅިގެން ގެދޮރު އަޅައިދޭން ޖެހޭ ހުރިހާ ފަރާތަކަށް ގެދޮރު އަޅައިދީ، ގެތައް ހަވާލުކުރައްވާފައިވާ ކަމަށެވެ.މިނިސްޓަރ ވިދާޅުވީ، ސުނާމީ ގެތައް ނިންމުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، އެންމެ ފުރަތަމަ މަސައްކަތްކުރީ ސަރުކާރުގެ އެއްބަރުލުމާއެކު ކޮންޓްރެކްޓަރާއެކު މަސައްކަތް ނިންމުމަށް ކަމަށެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅަށް އައި އިރުވެސް ގެތަކުގެ މަސައްކަތް ނުނިމޭތީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސަރުކާރުގެ ސީދާ ބެލުމުގެ ދަށުން ހައުސިންގ މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރިއަށްގެންދިޔައީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ގއ ގައި އިމާރާތް ކޮށްފައިވާ 298 ގޭގެ އިތުރުން މަޑިފުށީގައި އިމާރާތް ކޮށްފައި 41 ގެއާއި، ދުވާފަރުގައި އިމާރާތް ކޮށްފައިހުރި 76 ގޭގެ މަސައްކަތްވެސް ނިމި ވެރިފަރާތާ ހަވާލުކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.