ޚަބަރު

ނާއިބް ރައީސް ފުވައްމުލައް ސިޓީއަށް ވަޑައިގެންފި


ނާއިބު ރައީސް ފައިސަލް ނަސީމް ފުވައްމުލައް ސިޓީއަށް މިރޭ ވަޑައިގެންފިއެވެ.

ފުވައްމުލައް ސިޓީގެ އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އެސިޓީގެ މޭޔަރ ޢަބްދުﷲ ފަލާހު ޝަރީފާއި ފުވައްމުލައް ސިޓީ ކައުންސިލް ގެ ބައެއް މުވައްޒަފުންނާއި އާއްމު ރައްޔިތުންނެވެ.

ނާއިބު ރައީސްގެ މިދަތުރުފުޅުގައި ފުވައްމުލައް ސިޓީގެ ފެމިލީ އެންޑް ޗިލްޑެރެންސް ސަރވިސް ސެންޓަރަށާއި، ރިހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ނާއިބް ރައީސްގެ މި ދަތުރުފުޅުގައި ފުވައްމުލަކު ސްކޫލުގެ ވަށައިގެން އޮންނަ މަގުތަކުގެ ހާލަތު ބައްލަވާލައްވައި، ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕާކްކުރާ ސަރަހައްދުވެސް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ނާއިބު ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ޝަރވިސް ޝިދާތާ ޝަރީފްވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.