ޚަބަރު

8 ޤައުމަކަށް ކަނޑައަޅާ ސަފީރުންނަށް މަޖިލީހުން ރުހުންދީފި


ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ހުރިހާ ބޭފުޅުންނަށް މަޖިލީހުން ރުހުންދީފިއެވެ.

މަޖިލީހުން ރުހުންދިން 8 ބޭފުޅުންނަކީ:
* ރާއްޖެއިން އދ ކަނޑައަޅުއްވާ މަންދޫބާއި އެމެރިކާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް މ. ނޫރިހި، ތިލްމީޛާ ޙުސައިން
* އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ ސަފީރަކަށް ހ. އަމީނީގެ، ޑރ. ފަރަހަނާޒް ފައިސަލް
* ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ދަފްތަރު ނަންބަރު 4336، ޑރ. އަބްދުﷲ މައުސޫމް
* ޖަރުމަނުވިލާތަށް ކަނޑައަޅުއްވާ ސަފީރަކަށް އައްޔަންކުރެއްވުމަށް ހ. ސީވީޑް އަޙްމަދު ލަތީފު

މި ބޭފުޅުންގެ އިތުރުން
* ބްރަސަލްސްއަށް ކަނޑައަޅުއްވާ ސަފީރުކަށް ގ.ފިޔާތޮށިގެ ޙަސަން ޞާބިރު
* އިންޑިއާއަށް ކަނޑައަޅުއްވާ ސަފީރަކަށް ހ.ދޫރިހާ އަލްފާޟިލާ ޢާއިޝަތު މުޙައްމަދުދީދީ
* މެލޭޝިޔާއަށް ކަނޑައަޅުއްވާ ސަފީރަކަށް ހ.އާޒާދެވާދީ ވިސާމް ޢަލީ
* ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރަކަށް ހ.ހިކިފިނިފެންމާގެ، ޢުމަރު ޢަބްދުއްރައްޒާޤް އައްޔަން ކުރުމަށް ރުހުންދޭން ފެންނަކަމަށްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.