ކުޅިވަރު

ލަންްކާގެ ފެތުމުގެ މުބާރާތެއްގައި ވާދަކުރަން އައްޑޫގެ ދަރިވަރުންތަކެއް ފުރައިފި


އައްޑޫގައި ސުވިމިން އާ ގުޅޭ ތަފާތު ގިނަ ޕްރޮގްރާމުތައް ހިންގަމުން އަންނަ އަމިއްލަ ޖަމީއްޔާއެއްކަމަށްވާ ސުވިމް އައްޑޫގެ ދަރިވަރުންތަކެއް ފެތުމުގެ މުބާރާތަކަށް ލަންކާއަށް ފުރައިފިއެވެ.

ކޮލަމްބޯ ސުވިމިން އެކަޑަމީގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ ފެތުމުގެ މުބާރާތުގައި ބައިވެރިވުމަށް ސުވިމް އައްޑޫގެ 21 ދަރިވަރަކު ވަނީ ލަންކާއަށް ފުރަފައެވެ.

"އެކުއާ ގާލާ 2018"ގެ ނަމުގައި މިމަހު 15ވަނަ ދުވަހު ކޮލަމްބޯގެ ޕެނެޑޯރާގައި ބާއްވާ މި މުބާރާތުގެ 4 އުމުރުފުރާއެއްގައި ސުވިމް އައްޑޫގެ ދަރިވަރުން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ. އެއީ 16 އަހަރުން ދަށް، 14 އަހަރުން ދަށް، 12 އަހަރުން ދަށް އަދި 10 އަހަރުން ދަށުގެ އުމުރުފުރާއެވެ.

ސްވިމް އައްޑޫންވަނީ މި މުބާރާތަށް ޙާއްސަކޮށްގެން ހުރިހާ ކުދިންނަށްވަނީ ޕޫލް ޕްރެކްޓިކްސްވެސް ކުރިއަށްގެންގޮސްފައެވެ. މިއީ މިގޮތަށް ބޭރު މުބާރާތެއްގައި އައްޑޫގެ ފަތާ ކުދިން ބައިވެރިވާ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.