ޚަބަރު

މޫސުން ގޯސްވުމުގެ ސަބަބުން ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލަރޓް ނެރެފި


ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވުމާ ގުޅިގެން މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވައިޓް އެލަރޓް ނެރެފައިވަނީ، ހުވަދު އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދުތަކަށެވެ. މި ސަރަހައްދަށް ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން ހަވީރު 4:30 އާ ހަމައަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ، ދެކުނުގެ އަތޮޅުތަކަށް ހުޅަގާއި ހުޅަގުއުތުރުން ގަނޑިޔަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވާޖެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.