ވިޔަފާރި

އެސްޓީއޯގެ އާއްމު ޙިއްޞާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރުކަމަށް


އެސްޓީއޯގެ އާއްމު ޙިއްޞާދާރުންގެ ފަރާތުން ކުންފުނީގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.އެސްޓީއޯ އިން މައުލޫމާތު ދިން ގޮތުގައި މިވަގުތު އެ ކުންފުނީގެ ޙިއްޞާ ބެހިފައިވާގޮތުންނާއި އެސްޓީއޯގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުން، ޑިރެކްޓަރުންގެ ބޯޑަށް ޕަބްލިކް ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރެވޭނީ އެއް ޑިރެކްޓަރެވެ. އަދި ސަރުކާރު ނުވަތަ މައި ޙިއްޞާދާރުގެ ފަރާތުން ހަ ޑިރެކްޓަރުންނެވެ. މި ހުރިހާ ޑިރެކްޓަރުންނަށްވެސް ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތަޢުލީމާއި ތަޖުރިބާ ލިބިފައިވުމަށް އެސްޓީއޯ އިން އެދެއެވެ.މި މަޤާމަށް ޝަރުތު ހަމަވާފަރާތްތަކަށް މި މަޤާމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ މިއަންނަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހެވެ.މި މަޤާމަށް ބޭފުޅަކު ހޮވުން އޮންނާނީ މިއަންނަ އަހަރުގެ އާއްމު ޖަލްސާގައި. އެސްޓީ އޯ އިން ބުނިގޮތުގައި މިހާރު އެކުންފުނިންދަނީ  ދެހާސް ސާދަވަނަ އަހަރު ގެ ޢާންމު ޖަލްސާގެ ތައްޔާރީތައް ވަމުންނެވެ.