ޚަބަރު

މިނިސްޓަރުންގެ ނައިބު ފެންވަރުގައި 2 ބޭފުޅަކު ޢައްޔަން ކުރައްވައިފި


އެޑިއުކޭޝަން މިނިސްޓްރީއާ އިސްލާމިކް މިނިސްޓްރީގެ ނާއިބުންގެ މަޤާމަށް ދެ ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މިނިސްޓަރ އޮފް އެޑިއުކޭޝަންގެ ނައިބުގެ މަގާމަށް ގއ. ވިލިނގިލި، އަލަދަޑިއާގެ، ޝަރުމާ ނަޞީރު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު މިއަދު ޢައްޔަން ކުރައްވާފައިވާ ކަމަށެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ނައިބުގެ މަގާމަށް ގދ. ތިނަދޫ، ގީނާ، އަޙްމަދުﷲ ޖަމީލު ޢައްޔަން ކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ދެ މިނިސްޓްރީގެ ނާއިބުންގެ މަޤާމަށް ރައީސް ޞާލިޙު ބޭފުޅުން ޢައްޔަން ކުރެއްވިއިރު މިނިސްޓަރުންގެ ނައިބު ފެންވަރުގައި ތިން މަޤާމަކަށް ބޭފުޅުން އިއްޔެވެސް ވަނީ ޢައްޔަން ކުރައްވާފައެވެ.

މި ސަރުކާރަށް 39 ސްޓޭޓް މިނިސްޓަރުންނާއި 50 ޑެޕިއުޓީ މިނިސްޓަރުން ހަމަޖައްސަން ވަނީ ނިންމައިފަ އެވެ.