މުނިފޫހިފިލުވުން

އެމްބީސީގެ ސަޤާފީ ޢީދު މިއަދު ފެށިގެންދާނެ


އެމް.ބީ.ސީ ސަޤާފީ އީދު ސަލްޓަން ޕާރކްގައި މިއަދު ފެށިގެން ދާނެއެވެ. މިކުޅިވަރުތަކަށް ޓަކައި ސަލްޓަންޕާރކް ގެންދަނީ ވަރަސް ބޮޑަށް ތައްޔާރު ކުރަމުންނެވެ. އަތޮޅު ތަކުން 7 ޓީމެއް ބައިވެރިވާ މިޢީދުގައި ރާއްޖޭގެ އެކިކަންކޮޅު ތަކުގެ ޓީމުތަކުން ސަޤާފީ އެކި ކުޅިވަރުތަށް ހުށައަޅާނެއެވެ. މީގެ އިތުރުން ރާއްޖޭގެ ތާރީޚާއި އާދަ ކާދަ ދައްކުވައިދޭ ތަކެތި އެކި ސްޓޯލްތަށް މެދުވެރިކޮށް ފެންނަން ހުންނާނެއެވެ.ފަތުރުވެރިންނާއި ދިވެހިންނަށް އަމާޒުކޮށްގެން ރާއްޖޭގެ ސަޤާފީ ކުޅިވަރުތަކާއި ހަރަކާތްތަށް ދިރުވައި އާލާކޮށް އާންމުނަށް އެކަން ދައްކައިދީ، ދިވެހިންނާއި ފަތުރުވެރިންގެ މެދުގައި ދިވެހި ސަޤާފަތަށް ލޯބިޖެއްސުމަށް އެމްބީސީން ކުރިއަށްގެންދާ މިއީދުގެ ހަރަކާތްތަށް އެމް.ބީ.ސީގެ ޓީވީ އަދި ރޭޑިއޯ ޗެނަލްތަކުން މިއަދުން ފެށިގެން މިމަހުގެ ސަތާރަވަނަ ދުވަހާ ހަމައަށް ވަގުތުން ދުރަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. ފަސް އަތޮޅަކުން ހަތް ޓީމެއް ބައިވެރިވާ ސަޤާފީ މިއީދުގައި ދިވެހިންގެ އާދަކާދައާއި އިހު ދިރިއުޅުން ދައްކުވައިދޭ ތަފާތު ކަންކަން އަދި ތަކެތި ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ސަޤާފީ ކުޅިވަރުގެ ހަރަކާތް ތަކުގެ ތެރޭގައި ހިމެނޭ ލަނގިރި ޖެހުމާއި، ބިލެއްދަފި ނެގުމާއި، ތާރަޖެހުމާއި ދިގުމަގުހަރުބީ ޖެހުމުގެ ހަރަކާތްތަށް ހިމެނެއެވެ. މީގެ އިތުރުން ދިވެހިންގެ ސަޤާފަތް ދައްކުވައިދޭ ތަފާތު އެކި ސްޓޯލްތަށްވެސް މިފެސްޓިވަލްގެ ތެރޭގައި ފެނިގެންދާނެއެވެ.މިއީދުގެ ތެރޭގައި ކުރިއަށްދާ ސަޤާފީ މުބާރާތުން އެއްވަނައަށްދާ ފަރާތަކަށް އެއްލައްކަ ރުފިޔާ އެމްބީސީގެ ފަރާތުން ހުށައަޅާފައިވާއިރު ދެވަނައަށްދާ ފަރާތަކަށް ތިރީސް  ހާސްރުފިޔާ އަދި ތިންވަނައަށްދާ ފަރާތަކަށް ވިހި ހާސްރުފިޔާ ވަނީ ހުށައަޅާފައެވެ. މިއީދުގައި ބައިވެރިވާ ޓީމްތަކުންބުނީ މިކަމަށް ވަރަށްބޮޑަށް ތައްޔާރުވެފައިވާ ކަމަށައި، މިމިޢީދުގެ ތެރެއިން ދިވެހިންގެ ސަޤާފަތް ދައްކުވައިދޭ އެކި އެކި ކަންކަން ފެންނާނެ ކަމަށެވެ.ސަޤާފީއީދުގައި ބައިވެރިވާ ފަރާތް ތަކުގެ ރަސްމީ ހެދުމަކަށް ކަނޑައަޅާފައި ވަނީ ދިވެހި ސަޤާފީ ހެދުމެއް. ހުރިހާ ފަރާތްތަކަށްވެސް މިއީދު ބަލާލުމުގެ ފުރުސަތު އެމް.ބީ.ސީންވަނީ ހިލޭ ހުޅުވާލާފައެވެ. އަދި އީދުގެ ތެރޭގައި ހިމެނޭ ކާނާ އަށިން ދިވެހި ސަޤާފީ ކާނާ ހެޔޮއަގުގައި ލިބޭނެއެވެ. އޭގެތެރޭގައި ތެލުލި ބަނބުކެޔޮ، ބޮނޑި، ހާލުފޮޅި، އުޅާލި، ކަނަމަދު ފަދަ ތަކެތި ހިމެނެއެވެ. މިމަހުގެ ފަނަރަ ސޯޅަ ދެދުވަހު ހަތަރުގަޑި ތިރީހުން ހަޔަކަށް، އަދި އަށަކުން އެގާރައަށް މިޢީދުގެ ހަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ. އަދި މިމަހުގެ ސަތާރަވަނަ ދުވަހު ހަތަރު ގަދި ތިރީހުން ހަޔަކަށްވެސް މިއިވެންޓް ސަލްޓަންޕާކުގައި ކުރިއަށް ދެއްދިއުމަށް ވަނީ ހަމަޖެހިފައެވެ.