ތަޢުލީމު

މިރޭ ބާއްވަން އޮތް ޅެންވެރިންގެ ދުވަހުގެ ހަފްލާ ކެންސަލް ވެއްޖެ


މިރޭ އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތް ސައްބީސް ވަނަ ޅެންވެރިންގެ ދުވަ ހުގެ ހަފްލާ ކެންސަލް ވެއްޖެއެވެ. މި ހަފްލާ ކެންސަލް ކުރި ސަބަބެއް މިކަން އިންތިޒާމު ކުރާ ފަރާތުން ހާމަކޮށްފައެއް ނުވެއެވެ. ދިވެހި ބަހުގެ އެކަޑަމީގެ އޮފިޝަލަކު ކުރިން ވިދާޅުވީ މިއަހަރުގެ ޅެންވެރިންގެ ދުވަހުގައި، ޅެންވެރިކަމާއި ގުޅޭ ގިނަ ހަރަކާތް ތަކެއް ހިންގުމަށް ރާއްވާފައިވާ ކަމަށެވެ. އެގޮތުން މިއަހަރުވެސް ދިވެހި ބަހުގެ އެކަޑަމީގެ ފަރާތުން "އަމީންގެ" ޅެން ފޮތުގެ ނަމުގައި ޅެންފޮތެއް ނެރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވެފައިވެއެވެ.ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިމަހުގެ ބާވީސް ވާ ބުރާސްފަތި ދުވަހު " ޅެންވެރިންގެ ގުންޒަރު" ގެ ނަމުގައި ހަރަކާތެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވެއެވެ. ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމުގެ މަގުސަދަކީ ދިވެހި ޅެންވެރިންގެ ޚިދުމަތުގެ އަގުވަޒަންކޮށް ޅެންވެރިކަމަށް ދިވެހިން ހޭލުންތެރި ކުރުންކަމުގައި ދިވެހި ބަހުގެ އެކަޑަމީން މައުލޫމާތުދެއެވެ. ޅެންވެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ ފަނަރަވަނަދުވަހުއެވެ.