މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގެ މައްސަލާގައި ބޭންކް އޮފް މޯލްޑިވްސްއިން ޤަވާއިދާއި ޚިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގެ މައްސަލާގައި ބީއެމްއެލް ޒިންމާ ނަގަންޖެހޭނެ ކަމަށް ދާދިފަހުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދުދީ އެ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެބޭންކުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ބޭންކިންއާ ގުޅޭގޮތުން ރާއްޖޭގައި ހަދާފައިވާ ޤާނޫނާއި ޤަވައިދުތަކާ އަދި އިންޓަރނޭޝަނަލް ބެސްޓް ޕެކްޓްރިސް އާ އެއްގޮތައްކަމަށެވެ.
އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ މައްސަލައިގައި ބީއެމްއެލްއިން ޤާވައިދާ ހިލާފު އެއްވެސް ކަމެއް ކޮނށްފައިނުވާނެ ކަމުގެ ޔައީންކަން އެ ބޭންކުން ވަނީ ދީފައެވެ. މީގެއިތުރުން އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ ފައިސާގެ މައްސަލައަކީ މިވަގުތުވެސް ތަހުގީގީ އިދާރާތަކުން ބައްލަވަމުން ގެންދަވާ މައްސަލައަކަށްވާތީ އެކަމާގުޅޭ ގޮތުން އިތުރު މަޢުލޫމަތު މިވަގުތު ހާމަކުރެވެން ނެތްކަމަށްވެސް އެ ބޭންކުގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ޕީޕީއެމްއިން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީން ފައިސާގެ މުޢާމަލާތް ކޮށްފައި ވަނީ ބޭންކިން ނިޒާމުގެ ތެރެއިން ކަމަށެވެ. އެހެންކަމުން އެކަމަށް ބޭންކުންވެސް ޒިންމާ އުފުލަން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.