ތަޢުލީމު

MH17ގެ މަތިން ހުޅަނގުގެ ޤައުމުތަައްވަނީ ހަނދާންނެތިފަ- ލަވްރޯފް


މިދިޔަ އަހަރުގެ ޖުލައި މަހުގެ 17ވަނަ ދުވަހު މެލޭޝިޔަން އެއަލައިންސްގެ މަތިންދާ ބޯޓް އެމް.އެޗް.ސެވެންޓީން ވެއްޓުނު ޙާދިސާގެ ތަހްޤީޤުގެ މަތިން ހުޅަނގުގެ ޤައުމުތަކުން ހަނދާންނެތިފައިވާ ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފް ވިދާޅުވެއްޖެއެވެ.ލެޓްވިއާގެ ޚާރިޖީ ވަޒީރު އެޑްގާ ރިންކެވިކްސްއާއެކު ބޭއްވި ބައްދަލުކުރެއްވުމެއްގައި ލަވްރޯފް ވިދާޅުވީ، މިހާދިސާ ހިނގާ ދިޔަ ގޮތް މޮސްކޯއިން އޮޅުންފިލުވަން ބޭނުންވާ ކަމަށެވެ. ލަވްރޯފް ވިދާޅުވީ، ހުޅަނގުން މިކަމުގައި ރަޝިޔާއަށް ތުހުމަތުގެ އިނގިލިދިއްކޮށް، ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، އެމް.އެޗް.ސެވެންޓީން ވެއްޓުނު ޙާދިސާގެ ތަހްޤީޤުގެ ވަގުތީ ހޯދުންތައް އާއްމުކޮށް، ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރާބެހޭ އިދާރާގެ އާއްމު އުސޫލްތަކާ ޚިލާފަށް ސިއްރުވެރިކަމާއެކު މިތަހްޤީޤު ކުރެވެމުންދަނީ ކީއްވެކަން ހާމަކުރުމަށް ރަޝިޔާއިން ގޮވާލާކަމަށެވެ.ދުއިސައްތަ ނުވަދިހަ އަށް މީހުންނާއެކު ނެދަލޭންޑްސްއިން ފުރައިގެން މެލޭޝިޔާއަށް ދަތުރުކުރަމުން ދަނިކޮށް ޔޫކްރެއިން މަތިން އެމް-އެޗް- ސެވަންޓީން ވެއްޓުނީ މިސައިލް ހަމަލާއެއްގައި ކަމަށް ވަނީ ބެލެވިފައެވެ. މިހާދިސާގައި އެބޯޓުން ދަތުރުކުރި ހުރިހާ އެންމެން ވަނީ މަރުވެފައެވެ.