ޚަބަރު

ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުން ބާއްވާ ޖަލްސާ ދަރުބާރުގެއަށް ބަދަލުކޮށްފި


ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ މިހާރު ބޭއްވުމަ ހަމަޖެހިފައިވަނީ ދަރުބާރުގޭގައި ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނީ ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުން ބާއްވާ ޖަލްސާ ކުރިން ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައި ކަމަށެވެ. ނަމަވެސް މިހާރު އެ ޖަލްސާ ދަރުބާރުގޭގެ ރަންނަ ބަނޑޭރި މާލަމަށް ބަދަލު ކުރެވިފައިވާ ކަމަށްވެސް ހޯމް މިނިސްޓްރީން ބުންޏެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުން ބާއްވާ ޖަލްސާ އޮންނާނީ މާދަމާ ރޭ 9:00ގައެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަމުން އަންނަނީ ބުދު ދީން ދޫކޮށް ދިވެހިންނާއި ދިވެހި ދަޢުލަތް ރަސްމީކޮށް އިސްލާމްދީން ޤަބޫލުކުރި ދުވަހުގެ ހަނދާން އާ ކުރުމުގެ ގޮތުންނެވެ.