ޚަބަރު

އެމްޑީޕީން މަޖިލިސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލައިފި


އަންނަ މާޗް މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެމްޑީޕީން އިއްޔެ ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ އެޕާޓީގެ ޓިކެޓުގައި މަޖިލިސް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުޞަތު މި މަހުގެ 19ވަނަ ދުވަހާއި ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ. އެމްޑީޕީން ބުނީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 19ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން އެޕާޓީގެ އޮފީހަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފައިވާ ކަމަށެވެ.

އެމްޑީޕީން މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލައިފައިވާއިރު އެޕާޓީގެ ޤައުމީ މަޖިލީހުން ވަނީ މަޖިލީހުގެ 87 ދާއިރާއަށް ކުރިމަތިލާނެ ކަމަށް ނިންމާފައެވެ. އެމްޑީޕީން މީގެކުރިންވެސް ބުނެފައިވަނީ އެޕާޓީގެ ޓިކެޓުގައި މަޖިލިސް އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުޞަތު ކަނޑައަޅާނީ ޕްރައިމަރީއެއް ބޭއްވުމަށްފަހު ކަމަށެވެ. ނަމަވެސް އެއް ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ދާއިރާއެއްގައި ޕްރައިމަރީއެއް ނުބާއްވާނެއެވެ.

އަންނަ މާޗް މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު އިދިކޮޅު ޕީޕީއެމްއިން ޕްރައިމަރީއަކާއި ނުލައި 41 ފަރާތަކަށް ޓިކެޓު ޙަވާލުކޮށްފައެވެ.