ވިޔަފާރި

މިފްކޯގެ ފިހާރައެއް އިންޑިޔާގެ ޓްރިވެންޑްރަމްގައި ހުޅުވަނީ


މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ފިހާރައެއް އިންޑިޔާގެ ޓްރިވެންޑްރަމްގައި ހުޅުވުމަށް އެކުންފުނިން ނިންމައިފިއެވެ.މިފްކޯއިންވަނީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މި ޖެނުއަރީ މަހުގެ ބާވީސްވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައެވެ.އެކުންފުނިން ބުނީ، މި ފިހާރަ ހިންގާނީ މިފްކޯއާއި ގުޅިގެން އަމިއްލަ ފަރާތަކުންކަމަށާއި އެ ކުންފުނީގެ ހުރިހާ އުފެއްދުންތައް ޓްރިވެންޑްރަމްގައި ހުޅުވާ ފިހާރައިން ލިބެން ހުންނާނެކަމަށެވެ. އަދި މި ފިހާރައިން އެކަށީގެންވާ އަގެއްގައި މިފްކޯގެ އުފެއްދުންތައް ލިބެން ހުންނާނެ ކަމަށާއި މި އަހަރުގެ މެދުތެރޭގައި ފިހާރަ ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެކުންފުނިން މައުލޫމާތުދެއެވެ.ސްރީލަންކާގައިވެސް މިފްކޯގެ އުފެއްދުންތައް ލިބޭނެ ފިހާރައެއް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެކުންފުނިން ބުނެއެވެ.