ޚަބަރު

މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް 9 ބޭފުޅަކު އައްޔަން ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް 9 މިނިސްޓްރީއަކަށް ސްޓޭޓް މިނިސްޓަރުން އައްޔަންކުރައްވައިފިއެވެ.

މިގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރް ހޯމް އެފެއަރޒްގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ، ޙުސައިން ޝުޖާޢުއެވެ. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސްގެ މަޤާމަށް އިސްމާޢީލް އަލި މަނިކު ޢައްޔަންކުރައްވާފައިވާއިރު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ، މުޙައްމަދު ޢަލީއެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލިޖީގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ، ޢަލީ ޞާލިޙެވެ. އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ މުޙައްމަދު އަޙްމަދެވެ. އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓްގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ، އަޙްމަދު ނަޝީދެވެ.

މީގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންންޓުގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ، އަސްއަދު ޢަލީއެވެ. އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސްގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ ފަޒްނާ ޝާކިރެވެ.