ޚަބަރު

އެކްސްކަވޭޓަރަކުންޖެހި ހިނގި އެކްސްސިޑެންޓެއްގައި މީހަކު މަރުވެއްޖެ


ގއ.ކަނޑުހުޅުދޫ ބަނދަރުގެ މަސައްކަތް ކުރަމުންދަނިކޮށް އެކްސްކަވޭޓަރަކުންޖެހި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއަކު މަރުވެއްޖެއެވެ.

ކަނޑުހުޅުދޫ ކައުންސިލުން ބުނީ މިއަދު ހެނދުނު 8:45 ހާއިރު ހިނގި މި އެކްސިޑެންޓުގައި މަރުވެފައިވަނީ އިންޑިޔާގެ ރައްޔިތެއްކަމަށެވެ. މި މީހާއަކީ އެމްޓީސީސީގެ މުވައްޒަފެއްކަމަށްވެސް ކަނޑުހުޅުދޫ ކައުންސިލުން ބުނެއެވެ.

އުމުރުން 35 އަހަރުގެ މި ފިރިހެން މީހާގެ ހަށިގަނޑު މިހާރު އޮތީ ކަނޑުހުޅުދޫ ސިއްޙީ މަރުކަޒުގައިކަމަށާ، އެ މައްސަލަ ކަނޑުހުޅުދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ ކަމަށްވެސް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ.