ވިޔަފާރި

އެންމެ ދިގު ވޯޓަރ ސްލައިޑްތަކާއެކު ޖުމެރިކާ ވިޓާވެލި މަރާމާތަށްފަހު ހުޅުވައިފި


ރާއްޖޭގައި ބެހެއްޓި އެންމެ ދިގު ވޯޓަރ ސްލައިޑްތަކާއެކު ޖުމެރިކާ ވިޓާވެލި މަރާމާތަށްފަހު އަލުން ހުޅުވައިފިއެވެ.

ޖުމެއިރާ ވިޓާވެލީގެ ކަނޑުމަތީ ވިލާތަކާއި، ރިޓްރީޓްތަކުގެ އާބާރުތަ ފިލުވުމަށްފަހު އަލުން ހުޅުވި އިރު، އެތަނުގެ ވޯޓަރ ވިލާތަކުގައި ބަހައްޓާފައިވާ ވޯޓަރ ސްލައިޑްތަކަކީ ކަނޑަށް ފޭބޭގޮތަށް ރާއްޖޭގައި ހުރި އެންމެ ދިގު ވޯޓަރ ސްލައިޑްތަކެކެވެ.

ޖުމެއިރާ ވިޓާވެލީގެ ވޯޓަރ ވިލާތަކުގައި ހަރުކޮށްފައިވާ މި ސްލައިޑްތަކުގައި 23 މީޓަރު ހުރެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވިހި މިނެޓުގެ ތެރޭގައި ދަތުރުކުރެވޭ ޖުމެއިރާ ވިޓާވެލީ ރިޒޯޓުން ބުނިގޮތުގައި ފަތުރުވެރިންނަށް ތަފާތު ހިދުމަތްތައް ތައަރަފްކުރުމަކީ އެރިޒޯޓުގެ އަމާޒެކެވެ. މިގޮތުން އެރިސޯޓުން މިހާތަނަށް އައިއިރު ރާއްޖޭގައި ފުރަތަމަ ފަހަރު ތައަރަފްކުރި އައިސް ސްކޭޓިން ރިންގްވެސް ވަނީ ތައަރަފްކޮށްފައެވެ. މީގެއިތުރުންވެސް ގެންސްޓުންނަށް ތަފާތު ހިދުމަތްތައް މިރިޒޯޓުން ދަނީ ތައަރަފްކުރަމުންނެވެ.

ވިޓާވެލީގެ ޖެނެރަލް މެނޭޖަރ އަމިތު މަޖުމްދަރު ވިދާޅުވީ އަލަށް ތައަރަފްކުރި ރާއްޖޭގެ އެންމެ ދިގު ވޯޓަރ ސްލައިޑް އެރިސޯޓުގެ ޕްރައިވެޓް އޯޝަންސް ރިޓްރީޓްސްއާއި އިންފިނިޓީ ޕޫލް އޯޝަން ވިލާސްގައި ހުންނާނެކަމަށެވެ.

ދުބާއީގެ ޖުމެއިރާ ހޮޓެލްސް ކުންފުނީގެ ދަށުން ހިންގާ ދެ ރިޒޯޓެއް ރާއްޖޭގައި ހުރެއެވެ. އެއީ ޖުމެއިރާ ވިޓާވެލި އަދި ޖުމެއިރާ ދެވަނަ ފުށިއެވެ.

1997ވަނަ އަހަރު ޤާއިމްކުރި ޖުމެއިރާ ހޮޓެލްސްގެ ދަށުން ހިންގާ ހޮޓެލް އަދި ރިޒޯޓުތައް ރާއްޖޭގެ އިތުރުން އަބޫ ދާބީ، ބަހްރެއިން، ދުބާއީ، ފްރެންކްފާރޓް، ގުއަންޒޯ، ކުވެއިޓް، ލަންޑަން، މަލޯކަރ، ނަންޖިން، ޝަންގްހައިގަވެސް ހުރެއެވެ.