ޚަބަރު

މާލެއަށް ކުރަމުންދާ ވިއްސާރަ: ކަލާފާން ސުކޫލްގައި ވަގުތީ ހިޔާއެއްގެ ޙިދުމަތް


މާލެއަށް ބޯކޮށް ވާރޭވެހި ބައެއް ގޭގެއާއި ޢާއްމުރައްޔިތުންގެ މުދަލާއި ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ ކަލާފާނު ސުކޫލްގައި ވަގުތީ ހިޔާއެއް ޤާއިމުކޮށް ޚިދުމަތްދޭންފަށައިފިއެވެ.

މިހާތަނަށް ސަތޭކައަށްވުރެ ގިނަ ޢާއިލާ ޙާލުގައި ޖެހިފައިވާއިރު، ބައެއް އާއިލާތަކަށް ވަގުތީ ހިޔާގެ ޚިދުމަތް ހޯދަމުންދާކަމަށްވެސް އެސެންޓަރުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުންވެސް މާލެއިން ގިނަޢަދަދެއްގެ މީހުން ޙާލުގައިޖެހި އެހީއަށްއެދި އެސެންޓަރަށް ގުޅަމުންދާކަމަށްވެސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެއެވެ.

ވަގުތާއި ޙާލަތުގެގޮތުން އެމެނޭޖްމަންޓްގެ ނަމްބަރ 115އަށް ނުގުޅޭނަމަ ކަލާފާން ސުކޫލަށް ދިއުމުން އެހީތެރިކަން ފޯރުކޮށްދެމުންގެންދާނެ ކަމަށްވެސް އެސެންޓަރުން ބުނޭ. މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މާލޭގެ އިތުރުން އަތޮޅުތަކުގެ ބައެއް ރަށްރަށުންވެސް މީހުން ޙާލުގައިޖެހިގެން ގުޅަމުންދާ ކަމަށް އެސެންޓަރުން ބުނެއެވެ.