ޚަބަރު

ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްޞަ އެޑްވައިޒަރ ފިޝަރީޒް އަދި އިކޮނޮމިކް މިނިސްޓަރާ ބައްދަލުކުރައްވައިފި


ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްޞަ އެޑްވައިޒަރ އަދި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކެންޓަރޯ ސޮނޮއުރާ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރއާ ބައްދަލުކުރައްވައިފިއެވެ.

ކެންޓަރޯ ސޮނޮއުރާ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލްއާއި ބައްދަލުކުރައްވައި ރާއްޖެއާއި ޖަޕާނާއި ދެމެދު ވިޔަފާރީއާއި އިޤްތިޞާދީ ގޮތުން ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

އިކޮނޮމިކް މިނިސްޓަރުގެ އިތުރުން ކެންޓަރޯ ސޮނޮއުރާ ވަނީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދާއިވެސް ބައްދަލުކުރައްވާފައެވެ. އަދި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން 2 ޤައުމުގެ ގުޅުން ބަދަހިކޮށް އެހީތެރިވެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްޞަ އެޑްވައިޒަރ ކެންޓަރޯ ސޮނޮއުރާ، ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހަށްވެސް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.