ކުޅިވަރު

ދޮންފަނު އިންވިޓޭޝަން ކަޕް، އެންމެ ފަހު ޗެމްޕިއަން ގޮއިދޫ އާ ކިހާދޫ ބައްދަލު ކުރި މެޗް އެއްވަރުވެއްޖެ


ދޮންފަނު އިންވިޓޭޝަން ކަޕްގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން ގޮއިދޫ އާ މިމުބާރާތުގެ އެންމެ ފުރަތަމަ ޗެމްޕިއަނުން ކިހާދޫއާ ވާދަކުރި މެޗް 1-1 އިން އެއްވަރުވެއްޖެއެވެ.

ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މިމުބާރަތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ގޮއިދޫ ޓީމުންނެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކޮށްދިނީ 11 ވަނަ މިނިޓްގައި ހަސަން އިފްހާމްއެވެ. ދެޓީމްވެސް ރަގަޅު ހަމަލާތަކެއް އުފެއްދި މި މެޗްގައި ކިހާދޫއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފުރިހަމަ ވަގުތު ހަމަވެ، ދެއްކި އިތުރު ވަގުތުގައި އަލީ އަނީސްއެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޮއިދޫ ޓީމްގެ ގޯލްކީޕަރު ޝިރުހާން އަލީއެވެ.