ވިޔަފާރި

ހައުޓޭ ގްރޭންޑެއާރ ގްލޯބަލް ހޮޓެލް އެވޯޑްސްގެ 12 އެވޯޑެއް ދިވެހިރާއްޖެއަށް


ހައުޓޭ ގްރޭންޑެއާރ ގްލޯބަލް ހޮޓެލް އެވޯޑްސްގެ ރަން ވަނަތަކެއް ދިވެހިރާއްޖެ ހޯދައިފިއެވެ.

ހައުޓޭ ގްރޭންޑެއާރ ގްލޯބަލް އެވޯޑްސްއަކީ 2014 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ގެސްޓްހައުސްތަކާއި ހޮޓާ ރިސޯޓު އަދި ސްޕާތަކުން ދޭ ޚިދުމަތްތައް ފާހަގަކޮށް ހިތްވަރުދިނުމަށްޓަކައި ދެމުން އަންނަ އެވޯޑެކެވެ.

90 ދާއިރާއަކަށް ބަހާލައިގެން މި އެވޯޑު ދޭއިރު މިއަހަރުގެ ހައުޓޭ ގްރޭންޑެއާރ ގްލޯބަލް އެވޯޑުގެ އެކި ދާއިރާތަކުން ރާއްޖޭގެ 12 ރިސޯޓަކަށް ވަނީ އެވޯޑު ލިބިފައެވެ. މިގޮތުން ޗެވަލް ބްލާންކް ރަންދެލި ރިސޯޓަށް ވަނީ ދުނިޔޭގެ އެންމެ މަޤްބޫލު ރިސޯޓު ހޮޓަލާއި ބީޗް ހޮޓަލުގެ އެވޯޑު ލިބިފައެވެ.

ކޮކޫން މޯލްޑިވްސް ރިސޯޓަށް ދިވެހިރާއްޖޭގެ އެންމެ މަޤްބޫލު ބީޗް ރިސޯޓުގެ އެވޯޑު ލިބިފައިވާއިރު ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓަށް ވަނީ، ރާއްޖެއާއި ސަރަޙައްދީ ރޮނގުން އެންމެ މަޤްބޫލު ބީޗް ރިސޯޓު، އެންމެ މަޤްބޫލު ހަނީމޫން ހައިޑްސްވޭ ރިސޯޓު، އެންމެ މަޤްބޫލު ވިލާ އަދި މޯސްޓް ޔުނީކް ގެސްޓް އެކްސްޕީރިއެންސްގެ އެވޯޑު ލިބިފައެވެ.

ސަރަޙައްދީ ފެންވަރުގެ އެންމެ މަޤްބޫލު ލެއިޝަރ ހޮޓަލުގެ އެވޯޑު ފޯރ ސީޒަންސް ރިސޯޓް މޯލްޑިވްސް އިން ހޯދާފައިވާއިރު ،ދިވެހިރާއްޖޭގެ އެންމެ މަޤްބޫލު ޕޫލް ވިލާ އަދި ސްޕާރ ރިޓްރީޓްގެ އެވޯޑު ހޯދާފައިވަނީ ފުށިފަރު މޯލްޑިވްސް ރިސޯޓެވެ.

ހައިޑްވޭ ބީޗް ރިސޯޓް އެންޑް ސްޕާވަނީ ދިވެހިރާއްޖޭގެ އެންމެ މަޤްބޫލު އައިލެންޑް ރިސޯޓާއި ޕޫލް ވިލާ ރިސޯޓުގެ އެވޯޑު ހޯދާފައެވެ.

ޖުމެއިރިއާ ވިޓަވެލި ރިސޯޓަށް ދުނިޔޭގެ އެންމެ މަޤްބޫލު ބެސްޓް ބީޗް ވިލާގެ އެވޯޑު ލިބިފައިވާއިރު، ހުޅުލޭ އައިލެންޑް ހޮޓަލަށް ވަނީ ދިވެހިރާއްޖޭގެ އެންމެ މަޤްބޫލު ކަލިނަރީ އެކްސްޕީރިއެންސްއާއި ބެސްޓް ޖެނަރަލް މެނޭޖަރ، ބެސްޓް އެއާރޕޯޓު ހޮޓެލް އަދި ބެސްޓް އައިލެންޑް ހޮޓެލްގެ އެވޯޑު ލިބިފައެވެ.

ލިލީ ބީޗް ރިސޯޓް އެންޑް ސްޕާއަށް ވަނީ ދިވެހިރާއްޖޭގެ އެންމެ މަޤްބޫލު ޑެސްޓިނޭޝަން ވެޑިންގ އާއި އޯލް އިންކްލުސިވް ރިސޯޓާއި، ބެސްޓް ރިސޯޓު ސްޕާ އަދި ބެސްޓް ފެމިލީ ރިސޯޓުގެ އެވޯޑު ލިބިފައެވެ.

ދުނިޔޭގެ އެންމެ މަޤްބޫލު ފެމިލީ ވިލަރ، "ނިއު ރިސޯޓް ލެސް ދެން 3 ޔިއާރސް" އަދި އެންމެ މަޤްބޫލު ހައިޑްއަވޭ ރިސޯޓުގެ އެވޯޑު "ދަ ސެއިންޓް ރީޖަސް މޯލްޑިވްސް ވޮށްމުލި" ރިސޯޓަށް ލިބިފައިވާއިރު، ދުނިޔޭގެ އެންމެ މަޤްބޫލު ހަނީ މޫން ރިސޯޓަށް ހޮވިފައިވަނީ، ވެލާރ ޕްރައިވެޓް އައިލެންޑް މޯލްޑިވްސްއެވެ.

ދިވެހިރާއްޖޭގެ އެންމެ މަޤްބޫލު މީޓިންގްސް، އިންސެންޓިވްސް، ކޮންފެރެންސެސް އެންޑް އިވެންޓް ހޮޓެލް، އެންމެ މަޤްބޫލު ލައިފް ސްޓައިލް ހޮޓެލް، ރޫފްޓޮޕް ވިއު ހޮޓެލް އަދި އެންމެ މަޤްބޫލު ބީޗް ހޮޓެލްގެ އެވޯޑު ލިބިފައިވަނީ، ސީޒަން ޕެރަޑައިސް ހޮޓަލަށެވެ.

މިއަހަރުގެ ހައުޓޭ ގްރޭންޑެއާރ ގްލޯބަލް ހޮޓެލް އެވޯޑްސް ބާއްވާފައިވަނީ، ދުބާއީގެ ޕެލާޒޯ ވާރސޭސް ހޮޓެލްގައެވެ.

ހައުޓޭ ގްރޭންޑެއާރ ގްލޯބަލް ހޮޓެލް އެވޯޑްސް ދެމުން އަންނަތާ 4 އަހަރު ވެފައިވާއިރު، މި އެވޯޑުގެ ޒަރިއްޔާއިން ދުނިޔޭގެ އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލްތައް އިޝްތިހާރު ވެގެންދާނެކަމަށް މިއެވޯޑުދޭ ފަރާތުން ބުނެއެވެ.