ޚަބަރު

ޓީޗަރުންގެ މުސާރައަށް އަންނަ ބަދަލްތަކުގެ ތަފްސީލް އަންނަ ހަފްތާގައި ޢާއްމުކުރާނެ


ޓީޗަރުންގެ މުސާރައަށް އަންނަ ބަދަލުތަކުގެ ތަފްސީލްތައް އަންނަ ހަފްތާގައި އާންމު ކުރެވޭނެ ކަމަށާއި، ޓީޗަރުންގެ އޮނިގަނޑުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް ސިވިލް ސާރވިސް ކޮމިޝަނާއެކު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.


އެމް ބީ ސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މުސާރަތަކަށް ބަދަލުތައް ގެނެވޭ އިރު، މިކަމުގައި ސަރުކާރާއެކު މަޝްވަރާކުރި ހުރިހާ ފަރާތްތަކެއްގެ ހިޔާލުތައް ބޭނުންކޮށްފައިވާ ކަމަށެވެ. އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ މުސާރަތައަށް ގެނެވޭ ބަދަލުގެ ހެޔޮ ނަތީޖާ ފެނިގެންދާނެ ކަމަށާއި، މި މަސައްކަތަކީ ސަރުކާރުން ތައުލީމީ ދާއިރާއަށް ގެންނަމުންދާ ބަދަލުތަކުގެ ބައެއް ކަމަށެވެ. ޓީޗަރުން ކުރަމުންގެންދާ މަސައްކަތާއި އަޅާ ބަލާއިރު، ދެމުންދާ މުސާރަ ކުޑަކަމަށް ބުނެ، މުސާރަ ބޮޑުކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކޮށްފައިވަނީ ޓީޗާސް އެސޯސިއޭޝަނުންނެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރައްވަން ސަރުކާރުން ނިންމާފައިވާ ނިންމުން އިއުލާން ކުރައްވާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެރޭ ބޭއްވި ހަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއެވެ.