ޚަބަރު

ބޮޑެތި ރަށްތަކަށް ބަހުގެ ޙިދުމަތް ތަޢާރަފްކުރަނީ


ރާއްޖޭގެ ބޮޑެތި ރަށްތަކުގައި ބަހުގެ ޙިދުމަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންއަންނަކަމަށް ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ، މާލޭގައި ބަހުގެ ޙިދުމަތްދެމުންއަންނައިރު މީހުން ދިރިއުޅެމުންދާ ބޮޑެތި ރަށްރަށުގައިވެސް ވަރަށް އަވަހަށް މި ޙިދުމަތް ތަޢާރަފްކުރާނެކަމަށެވެ.
އެގޮތުން މިހާރު އައްޑޫ ސިޓީގައި ބަސްދަތުރުތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންއަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އައްޑޫސިޓީއަށްފަހު ރާއްޖޭގެ އާބާދީ ބޮޑެތި އަދި ބަހުގެ ޙިދުމަތް ބޭނުންވެފައިވާ ރަށްރަށުގައި މި ޙިދުމަތް ތަޢާރަފްކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އައްޑޫސިޓީއަށްފަހު ބަހުގެ ޙިދުމަތް ފެށުމަށް ނިންމާފައިވަނީ ފުވައްމުލަކު ސިޓީގައެވެ.

ސަރުކާރުގެ 30 ދުވަހުގެ ތެރޭގައި ހައްލުކޮށްދިނުމަށް ވެފައިވާ ވައުދުތަކުގެ ތެރޭގައި، އާންމު ދަތުރުފަތުރުގެ ޚިދުމަތް ވީހާވެސް ލުއިފަސޭހަވާނޭގޮތަކަށް ހަމަޖައްސައިދިނުން ހިމެނެއެވެ.