ޚަބަރު

މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ދާއިރާތައް އިއުލާންކުރުން މާދަމާ


އަންނަ އަހަރުގެ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ދާއިރާތައް އިޢުލާންކުރުން މާދަމާއަށް ފަސްކޮށްފިއެވެ.

އެމް.ޑީޕީގެ އޮފީހުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މަޖިލިސް އިންތިޚާބުގައި އެޕާޓީން ވާދަކުރާނެ ދާއިރާތައް އިއުލާންކުރުން މިއަދަށް ހަމަޖެއްސިނަމަވެސް، މާދަމާ އަށް މިހާރު ފަސްކޮށްފައިވާ ކަމަށެވެ.

އެމްޑީޕީން މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ދާއިރާތައް އިއުލާންކުރަން ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީން ތައްޔާރުވަމުންދާއިރު، ސަރުކާރު ކޯލިޝަން ގައި ހިމެނޭ ހަތަރު ސިޔާސީ ލީޑަރުން ވަނީ މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްގެންގޮސްފައެވެ.