ތަޢުލީމު

ނުކުޅެދުންތެރިންނާ ބެހޭ ރިޕޯޓް އަހަރުކުރީކޮޅު ނެރޭނީ


ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުނގެނުމުގައި
ހުންނަ ގޮންޖެހުންތައް ދެނެގަތުމަށްޓަކާ ހިއުމަންރައިޓްސް ކޮމިޝަނުން ކުރިއަށް
ގެންދާ ނޭޝަނަލް އިންކްއަރީގެ ރިޕޯޓް ނިންމާ މި އަހަރުގެ ކުރީކޮޅު ނެރެވޭނެކަމަށް އެކޮމިޝަނުން
ބުނެފިއެވެ.ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ މިހާރުކުރިއަށްދަނީ
ރިޕޯޓް ލިއުމުގެ މަސައްކަތްކަމަށް. އެކޮމިޝަނުން ވަނީ އެގާރަ އަތޮޅެއްގައާއި މާލޭގައި
އަޑުއެހުންތައް ބާއްވާފައެވެ.މި އިންކްއަރީގެ އަޑުއެހުންތަކުގައި ބައެއް ރަށްރަށުގައި
އެއްކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަރަށްގިނަ ކަން
ފާހަގަކުރެވޭއިރު، އެހެން ރަށްރަށުގައި އޯޓިސްޓިކް ކުދިން ގިނަކަން
ފާހަގަކުރެވިފައިވާކަމަށް އެކޮމިޝަނުން ބުނެއެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުނގެނުމުގައި ހުރި
ގޮންޖެހުންތަކާއި ބެހޭ ގޮތުން ތައްޔާރުކުރާ ރިޕޯޓުން ފާހަގަ ކުރެވޭ ކަންތައްތައް
ތަންފީޒުކުރެވެމުންދާ މިންވަރު ބަލަމުންދާނެކަމަށާއ،ި މި ރިޕޯޓްގައި ދައުލަތަށް
ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން ހުށަހެޅުންތަކެއް
ހުށަހެޅިގެންދާނެކަމަށްވެސް އެކޮމިޝަނުން ބުނެއެވެ.