ސިޔާސީ

ރާއްޖޭގައި ތިބި ލަންކާގެ ގައިދީން އެޤައުމާ ހަވާލުކުރަންނިންމައިފި


ރާއްޖޭގެ
ޖަލުތަކުގައި ޙުކުމް ތަންފީޒުކުރަމުންދާ ސްރީލަންކާގެ ފަނަރަ
ޤައިދީއަކު ސްރީލަންކާ ސަރުކާރާއި ޙަވާލުކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުން ވިދާޅުވީ، ސަރުކާރުން މިނިންމެވުން ނިންމެވީ ދިވެހިރާއްޖެއާއި
ސްރީލަންކާއާއި ދެމެދު އޮންނަ ގާތްގުޅުމުގެ ދަށުންކަމަށެވެ. ލަންކާގެ ފަނަރަ ޤައިދީއަކު
އެގައުމުގެ ސަރުކާރާއި ހަވާލުކުރަން ނިންމެވިނަމަވެސް، އެއީ ކޮން ބާވަތެއްގެ
މައްސަލަތަކެއްގައި ކިހާ ދުވަހެއްގެ ޖަލު ޙުކުމެއް ތަންފީޒުކުރަމުންދާ ބައެއްކަން
ރައީސް އޮފީހުން ހާމައެއްނުކުރައްވައެވެ.