ތަޢުލީމު

ދިރާސީ އާއަހަރާއެކު ޓީޗަރުންގެ މުސާރަ ބޮޑުވާނެ - ރައީސް ޔާމީން


ދިރާސީ އާ އަހަރު
ފެށޭއިރު، ޓީޗަރުންގެ މުސާރަ
ބޮޑުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމް
ވިދާޅުވެއްޖެއެވެ. ރޭ ދަރުބާރުގޭގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅު
ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ، ދިރާސީ އާއަހަރުގެ ކިޔެވުން ފެށުމުގެ ކުރިން
ޓީޗަރުންނަށް މިހާރު ލިބޭ މުސާރައިގެ ތިންބައިކުޅަ އެއްބަޔަށްވުރެ ކުޑަ ނުވާވަރުގެ
މުސާރައިގެ ކުރިއެރުމެއް ޓީޗަރުންނަށް ލިބޭނެކަމަށެވެ. ރައީސް ޔާމިން ވިދާޅުވީ، މިދިޔަ އަހަރު ޓީޗަރުންގެ
މުސާރައިގެ މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީންނާއި ޓީޗަރުންގެ އެސޯސިއޭޝަނުން
ބޮޑެތި ދިރާސާތަކެއް ހެއްދެވި ކަމަށެވެ. އަދި ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް
ހިމެނޭ ގޮތަށް ހެދޭ، ޓީޗަރުންނާއި ބެހޭ އޮނިގަނޑުގެ މަސައްކަތް މިއަދުގެ
ނިޔަލަށް ނިންމާލެވޭނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.