ޚަބަރު

ދިވެހި ދަރިވަރުންނަށް އޮސްޓްރޭލިއާއިން އިތުރު ސްކޮލަރޝިޕްގެ ފުރުޞަތު ހޯދުމަށް މަޝްވަރާކޮށްފި


ދިވެހި ދަރިވަރުންނަށް އޮސްޓްރޭލިއާއިން އިތުރު ސްކޮލަރޝިޕްގެ ފުރުޞަތު ހޯދުމާގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވަނީ، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަން، ކޮލޮމްބޯގައި ހުންނަ އޮސްޓްރޭލިޔާ ހައިކޮމިޝަންގެ ޑެޕިއުޓީ ހެޑް އޮފް މިޝަން، ވިކްޓޯރިއާ ކޮކްލޭއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ. ޑރ.އިބްރާހިމް ޙަސަން ވަނީ، އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދެމުންދާ ސްކޮލަރޝިޕްތަކާއި، މަތީ ތަޢުލީމުގެ އިތުރު ފުރުޞަތުތައް ލިބޭނެ މަގު ފަހިކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި މީގެ އިތުރުން ދިވެހި ދަރިވަރުންނަށް އޮސްޓްރޭލިއާގައި ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ބޭނުންވާ ސްކޮލަރޝިޕް ލިބޭނެގޮތް ހައްދަވައިދެއްވުމަށްވެސް މިނިސްޓަރ ވަނީ، އޮސްޓްރޭލިޔާ ހައިކޮމިޝަންގެ ޑެޕިއުޓީ ހެޑް އޮފް މިޝަންގެ އަރިހުގައި އެދިވަޑައިގެންފައެވެ.