ދީން

ޙައްޖު ކޯޕަރޭޝަނަށް ފައިސާދެއްކުމަށް ލުއިގޮތްތަކެއް ހަމަޖައްސަނީ


ޙައްޖު ކޯޕަރޭޝަނުން
ކުރިއަށްގެންދާ ޢުމްރާ ދަތުރުތަކާއި ޙައްޖުދަތުރުތަކުގެ އިތުރުން، ފައިސާ
ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމު ގެގޮތުން އާ ޚިދުމަތްތަކެއް
ތަޢާރަފުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ޙައްޖު ކޯރޕަރޭޝަނުން ބުނެފިއެވެ.



އެމް.ބީ.ސީ ނިއުސްއަށް
މައުލޫމާތުދެއްވަމުން މޯލްޑިވްސް ޙައްޖު ކޯރޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ
ޑިރެކްޓަރ ޔާމިން އިދުރީސް ވިދާޅުވީ، ދެހާސް ފަނަރަ ވަނަ އަހަރު ވެގެންދާނީ، އެކޯޕަރޭޝަންގެ
ވަރަށް ތަފާތު އަހަރެއްގެ ގޮތުގައިކަމަށެވެ. އެގޮތުން، މިއަހަރުގެ ތެރޭގައި ޙައްޖު
ކޯރޕަރޭޝަނުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، އެ
ކޯރޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތައް މުޅިރާއްޖެއަށް ފުޅާކުރުމުގެ ގޮތުން އިތުރު
ޕްކޭޖްތަކެއް ތަޢާރަފުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޔާމިން
ވިދާޅުވިއެވެ.



މީގެ އިތުރުން ޔާމިން
ވިދާޅުވީ، ޙައްޖު އަދި އުމްރާ ދަތުރުތަކަށް ވަޑައިގަންނަވާ ފަރާތްތަކަށް ސިއްޚީގޮތުންނާއި،
ދީނީ ގޮތުން ހޭލުންތެރިވުމުގެ ޕްރޮގްރާމްތައް ހިންގަވަމުންދާކަމަށާއި، މި އަހަރުގެ
ޙައްޖު ދަތުރުތަކަށް އަމާޒުކޮށްގެންވެސް މިފަދަ ޙާއްސަ ޕްރޮގްރާމެއް ހިންގުމަށް
ހަމަޖެހިފައިވާކަމަށެވެ.



މިއަހަރުގެ
ރަމަޟާންމަހު އުމުރާއަށްދާން ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން ފެބުރުއަރީ
މަހުގެ ފަސްވަނަ ދުވަހާ ހަމައަށް ރަޖިސްޓްރީވުމުގެ ފުރުސަތު ޙައްޖު ކޯރޕަރޭޝަނުން
މިހާރު ހުޅުވާލާފައިވާއިރު، ނިމިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ރަމަޟާންމަހުގެ
އުމުރާއަށް ދިއުމަށްޓަކައި ތިން ސަތޭކައަށްވުރެ ގިނަ މީހުން
ނަންނޯޓްކޮށްފައިވާކަމަށް އެކޯޕަރޭޝަނުން މައުލޫމާތުދެއެވެ.