ޚަބަރު

ރައީސް އޮފީހުގެ ރަސްމީ ގަޑި ހެނދުނު 8އިން މެންދުރުފަހު 3އަށް ބަދަލުކޮށްފި


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ގަޑި ހެނދުނު 8:00އިން މެންދުރުފަހު 3:00އަށް ބަދަލުކޮށްފިއެވެ.

ރައީސް އޮފީހުގެ އިސް އޮފިޝަލަކު ޕީއެސްއެމް ނިއުސްއަށް މިއަދު ވިދާޅުވީ އެ ބަދަލު އަންނާނީ އަންނަ ހަފްތާގެ އާދީއްތަ ދުވަހުން ފަށައިގެން ކަމަށެވެ.

އޮފިޝަލު ވިދާޅުވީ ރައީސް އޮފީހުގެ ރަސްމީގަޑިއަށް ބަދަލު އައިކަމުގައި ވީ ނަމަވެސް ސަރުކާރު އެހެން އޮފީސްތަކުގެ ރަސްމީ ގަޑިއަކީ މިހާރުގެވެސް ރަސްމީ ގަޑި ކަމަށްވާ ހެނދުނު 8:00އިން މެންދުރު 2:00 ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ރައީސް އޮފީހުގެ ރަސްމީ ގަޑިއަށް ބަދަލު ގެންނަން ނިންމީ ސަރުކާރުގެ މެނިފެސްޓޯގައިވާ ކަންކަން ކުރުމުގައި ރައީސް އޮފީހުގެ ދައުރު ބޮޑު ކަމުން ކަމަށެވެ.

ސަރުކާރުގެ ރަސްމީ ގަޑި ހެނދުނު 8:00އިން 2:00އަށް ބަދަލުކުރަން ނިންމީ 2015ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހުއެވެ.