ޚަބަރު

ޕީޕީއެމްގެ ބައެއް މެމްބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓު ދޭން އުޅޭކަމުގެ އިޝާރާތެއް


ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމް ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ޓިކެޓް ޕްރައިމަރީއަކާ ނުލައި ދޭން އުޅޭކަމުގެ އިޝާރާތެއް އެޕާޓީން ދީފިއެވެ.

ޕީ.ޕީ.އެމްގެ ރައީސް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެންނެވި އެޕާޓީގެ ޚާއްސަ ބައްދަލުވުމެއް ބާއްވަމުންދާކަން ހާމަކުރައްވައި އެޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ހުސައިން މަނިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އެޕާޓީން ކުރައްވާ މަސައްކަތްތަކާއި، އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ.

ނިހާންގެ ޓްވީޓު

ނިހާން ވިދާޅުވީ، އެޕާޓީގެ މުހިއްމު ބައެއް މަޖިލިސް މެންބަރުންނަށް އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ޕާޓީގެ ފަރާތުން ވާދަކުރުމުގެ ޓިކެޓް މާދަމާ ދިނުން އެކަށީގެންވާކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޕީޕީއެމްއިން ތައްޔާރުވަމުންދާކަން ނިހާން ހާމަކުރެއްވިއރު، ޕީޕީއެމްއިން އެންމެފަހުން ބޭއްވި ކޮންގްރެސް ސައްހަކަމަށް ކަނޑައަޅައި އެ ކޮންގްރެސުން ފާސްކުރި މަޤާމުތައް ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމެނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ހައިކޯޓުންވަނީ ދާދިފަހުން އަމުރުކޮށްފައެވެ. އަދި އެއަމުރާ އެއްގޮތަށް ކޮންގްރެސްގައި ނިންމި ނިންމުންތައް އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިގެންފައެވެ.