އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމިއްޔާއެއްކަމަށްވާ ކޮންފެޑަރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ، (ސީއައިއައި) އިން ރާއްޖޭގައި އިންވެސްޓްކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
"މޯލްޑިވްސް އިޒް އޯޕެން ފޯރ ބިޒްނެސް އެގެއިން" ގެ ނަމުގައި އިންޑިޔާގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައި އިންޑިއާގެ ސީއައިއައި އާއި ދިވެހި ސަރުކާރުގެ އިސްބޭފުޅުން ބައްދަލުކޮށް ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމުގައި ސީއައިއައިގައި ހިމެނޭ ކުންފުނިތަކުގެ އިސް ބޭފުޅުން ވަނީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާއާއި ބެހޭގޮތުން ވާހަކަދައްކައި ރާއްޖެއާއިއެކު ވިޔަފާރިކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ.
މީގެ އިތުރުން ސިއްޚީ ދާއިރާގެ މަޝްރޫޢުތަކާއި އުމްރާނީ ތަރައްޤީއާއި ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށް އިންވެސްޓުކުރުމާއި ގުޅެގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެފައިވެއެވެ.