ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙުމަދު ރިލްވާނުގެ މައްސަލައާ ގުޅޭ މަޢުލޫމާތުތަކެއް ހިއްޞާ ކުރެއްވުމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު މަރާލާފައިވާ އަދި ގެއްލުވާލާފައިވާ މީހުންނާ ގުޅޭ މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ކޮމިޝަނަށް ހާޒިރުވެ ބަޔާނެއް ދެއްވައިފިއެވެ.
މަރާލާފައިވާ އަދި ގެއްލުވާލާފައިވާ މީހުންނާ ގުޅޭ މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ކޮމިޝަނުގެ
ރަސްމީ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު އެ ކޮމިޝަނަށް ހާޒިރުވެ ބަޔާނެއް ދެއްވާފައިވާ ކަމަށެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ ކޮމިޝަނަށް ވަޑައިގެންނެވީ އަމިއްލަފުޅަށެވެ. އަދި އެކޮމިޝަނަށް އޭނާ ވަޑައިގެންނެވީ ވީ ނުވީއެއް ނޭންގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙުމަދު ރިލްވާނުގެ މައްސަލާއާ ގުޅޭ މައުލޫމާތުތަކެއް ހިއްޞާ ކުރެއްވުމަށެވެ.
2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙުމަދު ރިލްވާނު ވީނުވީއެއް ނޭންގި ގެއްލުނު މައްސަލައިގައި ދައުލަތުން ގ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރަންދީންގެ މައްޗަށް ދައުވާ އުފުލާފައިވާއިރު އެ ދެ މީހުންނަށް ކުށް ސާބިތު ނުވާ ކަމަށް މިދިޔަ އޮގަސްޓް މަހުގެ ދެ ވަނަ ދުވަހު ކްރިމިނަލް ކޯޓުންވަނީ ވަނީ ޙުކުމް ކޮށްފައެވެ.
މަރާލާފައިވާ އަދި ގެއްލިފައިވާ މީހުންނާއި ގުޅޭ މީހުންގެ މައްސަލަތައް ބެލުމަށް ސަރުކާރުން އެކުލަވާލި ކޮމިޝަނަށް ހާޒިރުވެ ޓޫރިޒަމް މިނިސްޓަރު މައުލޫމާތުތަކެއް ހިއްޞާކުރެއްވިއިރު މަރާލާފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުޤީގުކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ކޮމިޝަނަށް، އެފަދަ މައްސަލަތަކުގެ މަޢުލޫމާތު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.