ޚަބަރު

ޤަވައިދާ ޙިލާފަށް ޕެޓްރޯލް ނުވިއްކުމަށް ފުލުހުން އިލްތިމާސްކޮށްފި


ޕެޓްރޯލް ވިއްކުމުގެ އުސޫލާއި ޚިލާފަށް ބައެއް މީހުން ޕެޓްރޯލް ވިއްކަމުންދާތީ އެކަން އެގޮތަށް ނުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މިހާރަކަށް އައިސް ޕެޓްރޯލް ވިއްކުމުގެ އުސޫލާއި ޙިލާފަށް މާލެ އަދި ހުޅުމާލޭގައި ޕެޓްރޯލް ވިއްކުމާއި، ޑެލިވަރ ކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. މިކަމަކީ ވިޔަފާރީގެ އުސޫލާއި ޚިލާފު އަދި ނުރައްކާތެރި ކަމަކަށްވާތީ، އުސޫލްތަކާއި ޚިލާފަށް ޕެޓްރޯލް ނުވިއްކުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން މިހެން ބުނެފައިވަނީ މިހާރަކަށް އައިސް ބައެއް ގޭގޭގެ އިތުރުން ގަރާޖްތަކުގައި ހުއްދަ ނުނަގައި ޕެޓްރޯލްގެ ވިޔަފާރިކުރަމުންދާކަން ފާހަގަކުރެވޭތީއެވެ.