ޚަބަރު

ސިޔާސީ ނުފޫޒުން ފުލުހުން މިނިވަން ކުރުމަށް އެއްބާރުލުން ދެއްވާނަން - ރައީސް


ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ފުލުހުންގެ މުއައްސަސާ ހެދުމައްޓަކައި ކުރަންޖެހޭ ކަންކަންކުރުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މުޢައްސަސާގެ އިސްވެރިންނާއިއެކު ޝަހީދު ޙުޞައިން އާދަމް ބިލްޑިންގ ގައި މިއަދު ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ ފުލުހުންގެ މުޢައްސަސާއަކީ، ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދޭންޖެހޭ މުއައްސަސާއެއް ކަމަށެވެ.

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲއާ ޕޮލިސް ކޮމިޝަނަރ ހަމްދޫން ރަޝީދުވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ފުލުހުންގެ މުޢައްސަސާ އިތުރަށް ހަރުދަނާކުރުމަށާއި، އިޞްލާހުކުރުމަށް ކުރަންޖެހޭކަންކަމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފުލުހުންގެ މުއައްސަސާގެ އިސްވެރިންނާއި ވަނީ މަޝްވަރާ ކުރައްވާފައެވެ.

ރައީސް ޞާލިޙު ފުލުހުންގެ މުޢައްސަސާއާ މިއަދު ބައްދަލުކުރެއްވިއިރު އިއްޔެގެ ވަގުތެއްގައި އެމަނިކުފާނު ވަނީ ދޫނިދޫ ޖަލަށް ވަޑައިގެން އެ ޖަލު ޙާލަތުވެސް ބައްލަވާލައްވާފައެވެ.