ޚަބަރު

ފުރަތަމަ 30 ދުވަހުގެ ތެރޭގައި އީޕީއޭ ބާރުވެރިކުރުވަނީ


ތިމާވެށި ޙިމާޔަތްކުރުމުގެ އެންމެ މުހިއްމު މަސައްކަތްކުރާ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ ބާރުވެރިކުރުވައި ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި އެންމެ އިސްކަމެއް ދީފައިވާ އެއްދާއިރާއަކީ ތިމާވެށި ޙިމާޔަތްކުރުމުގެ ދާއިރާއެވެ. އެގޮތުން ތިމާވެއްޓަށް ގެއްލުންވާކަންކަން ދެނެގަނެ އެފަދަ ކަންކަމާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތްކުރާ އެނަވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ އީޕީއޭ ބާރުވެރުކުރުމަށް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.

ކުރީގެ ސަރުކާރުން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭގެ ބާރު ކަނޑުވާލާފައިވާކަމަށްބުނެ ސޯޝަލް މީޑިއާގެ ގިނަ ބަޔަކު ޝުއޫރު ފާޅުކޮށްފައިވެއެވެ. އެގޮތުން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ ކުރިން ތިމާވެއްޓަށް ކުރާ އަސަރުތައް ދެނެގަތުމަށް ކުރާ ދިރާސާކަމަށްވާ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ނުވަތަ އީއައިއޭ ރިޕޯޓުތަކާ ޚިލާފަށް ކުރީގެ ސަރުކާރުން އެކި މަޝްރޫޢުތައް ހިންގައިގެން ޖޫރިމަނާވެސް ކޮށްފައިވެއެވެ.

އައު ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ކުރުމަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި އީޕީއޭ އިތުރަށް ބާރުވެރިކޮށް، ރައްޔިތުންނާއި، ކަމާބެހޭ މާހިރުންގެ ބައިވެރިވުމާއެކު ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތް ކުރުން ހިމެނެއެވެ. އެގޮތުން ތިމާވެއްޓާ ބެހޭގޮތުން ކުރާ ދިރާސާތައް ޢާއްމުންނަށް ފެންނާނެހެން އޮންލައިންކޮށް ޕަބްލިޝްކުރުމާއި، މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުމާއި، ގްރީން ޓެކްސްގެ ގޮތުގައި ނަގާ ފައިސާއަކީ ތިމާވެށި ޙިމާޔަތްކުރުމަށް ހޭދަކުރާ ފައިސާކަމުގައި ހެދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.