ވިޔަފާރި

އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ މެންބަރަކަށްވި ފުރަތަމަ ރިޒޯޓަށް ސޮނެވާ ޖާނީ!


އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން، އައިޕީއެންއެލްއެފްގެ މެންބަރަކަށްވި ފުރަތަމަ ރިސޯޓަށް ސޮނެވާ ޖާނީ ވެއްޖެއެވެ.
ސޮނެވާ ޖާނީއަކީ އައިޕީއެންއެލްއެފްގެ ޒިންމާދާރު ގޮތުގައި ފަތުރުވެރިކަމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަބެހޭ އިނީޝިއޭޓިވްއާއި ގުޅުނު ފުރަތަމަ ރިސޯޓެވެ. މި އިނީޝީއޭޓިވްގައި ބައިވެރިވާ ރިސޯޓުތަކުން އެ ރިސޯޓެއްގެ ބޭނުންތަކަށް ހޯދާ މަހުގެ ސަޕްލައިއަކީ ދެމެހެއްޓެނިވި ގޮތުގައި ދޮށިން ބާނާފައިވާ މަހުގެ ބާވަތްތައްކަން ޔަޤީންކުރަންޖެހޭނެއެވެ.

އައިޕީއެންއެލްއެފްގެ މި އިނީޝީއޭޓިވްގެ މަޤްސަދަކީ، މުޖުތަމައުގައި ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަން ކުރާ ފަރާތްތަކާ ރިސޯޓުތަކާ އޮންނަ ވިޔަފާރީގެ ގުޅުން ބަދަހިވެ، ތިމާވެށި ރަށްކާތެރިކުރުމަށް ކުރާ މަސައްކަތުގައި ހުރިހާ ފަރާތެއްގެ ބައިވެރިވުން އިތުރުކުރުންކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.
އައިޕީއެންއެލްއެފްގެ މެންބަރޝިޕްގެ ސަބަބުން ސޮނެވާ ޖާނީން މުޖުތަމައުގައި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރާ ފަރާތްތަކާ މިކަމުގައި ޝާމިލްވާ ފަރާތްތާ އޮންނަ ގުޅުން ބަދަހިވެގެންދާނެކަމަށް ރިސޯޓުން ބުނެވެ.
އައިޕީއެންއެލްއެފްއަކީ ވަން ބައި ބަން ނުވަތަ ދޮށީގެ މަސްވެރިކަން ޕްރޮމޯޓުކުރުމުގައި ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ ނޮން ޕްރޮފިޓް ޖަމިއްޔާއެކެވެ.
ސޮނެވާ އަކީީ 1995ވަނަ އަހަރު ޤާއިމްކޮށްފައިވާ ތިމާވެއްޓާ ރަަށްޓެހި، ނުވަތަ އިންޓަރނޭޝަނަލް ސަސްޓެއިނަބަލް ލަގްޒަރީ ރިޓޯޓު އޮޕަރޭޓަރެކެވެ. ސޮނެވާ ބްރޭންޑުގެ ދަށުން ސޮނެވާ ޖާނީގެ އިތުރުން ރާއްޖޭގައި ސޮނެވާފުށިވެސް ދަނީ އޮޕަރޭޓްކުރަމުންނެވެ. އަދި މި ބްރޭންޑުގެ ސޮނެވާ ކިރި ތައިލޭންޑުގައި އޮޕަރޭޓްކުރަމުން ދެއެވެ.