ސަރުކާރުގެ އަމާޒަކީ ސިފައިންގެ ވެލްފެއަރގެ ކަންކަމުގައި އިތުރު ފަރާތަކަށް ބަރޯސާނުވެ ވީހާވެސް ފުޅާދާއިރާއެއްގައި ވެލްފެއަރގެ ޚިދުމަތް ފޯރުކޮށްދެއްވުން ކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ސިފައިންގެ އަސްކަރީ ހޮސްޕިޓަލް ސެނެހިޔާގެ އޮޕަރޭޝަން ތިއޭޓަރާއި، ޖެނަރަލް ވޯޑް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އަސްކަރީ ހޮސްޕިޓަލް ސެނެހިޔާއިން ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން އެތަނުގައި ހަދާފައިވާ އޮޕަރޭޝަން ތިއޭޓަރަކާއި، ޖެނެރަލް ވޯޑް ހުޅުވައިދެއްވީ އެކަމައްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ، ޚިދުމަތުގެ ބާވަތުން ސިފައިންނަކީ އެހެން މުއައްސަސާތަކާ މީހުންގެގާތަށްގޮސް ކަންކަން ކިޔަންޖެހޭ ބަޔަކަށް ވެގެންނުވާނެކަމަށެވެ. އެހެންކަމުން ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވިސްނުންފުޅުހުރީ ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ބޭނުންވާ ވެލްފެއަރގެ ޚިދުމަތްތައް ފުޅާކުރައްވައި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ފޯރުކޮށްދިނުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ސެނަހިޔާގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނަރަލް އަބްދުއްރަޙީމް ވިދާޅުވީ، ސެނަހިޔާގެ ޚިދުމަތް ފުޅާކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގެތެރެއިން އަލަށް ހުޅުވި އޮޕަރޭޝަން ތިއޭޓަރާއި ޖެނަރަލް ވޯޑާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެބްދާނެކަމަށާ، އޮޕަރޭޝަން ތިއޭޓަރުން ފުރަތަމަ ކުރިއަށްގެންދިއުމަށް ހަމަޖެހިފއިވަނީ ޚިތާނުކުރުމުގެ ޚިދުމަތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޚިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ސިފައިންގެ އިސްވެރިންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވިއެވެ.
2012 ވަނަ އަހަރު ޚިދުމަތް ދޭންފެށި ސެނެހިޔާގެ އިންތިޒާމުތައް ހަރުދަނާކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަލަށް ހުޅުވި އޮޕަރޭޝަން ތިއޭޓަރާއި ޖެނެރަލް ވޯޑާއެކު، އަންނަ މަހު ސެނަހިޔާއަށް ރަސްމީކޮށް ހޮސްޕިޓަލެއްގެ ދަރަޖަ ލިބިގެންދާނެކަމަށް އެމް.އެން.ޑީ.އެފުން މަޢުލޫމާތުދެއެވެ.