ޚަބަރު

އެޑިއުކޭޝަން މިނިސްޓަރ އައްޑޫސިޓީއަށް ވަޑައިގަތުން..


އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ އައްޑޫސިޓީއަށް ވަޑައިގަންނަވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ޑރ. އާއިޝަތު އަލީ އަތޮޅުގެ ރަށްތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މިއަދު އައްޑޫސިޓީއަށް ވަޑައިގެން ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ވަނީ ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ސްކޫލްތަކުގެ ކަންކަން ކުރިއަށްދާ ގޮތާއި، ސްކޫލްތަކުގެ ހުރި ޝަކުވާތައް މިނިސްޓަރވަނީ އަޑު އައްސަވާފައެވެ. މިނިސްޓަރުގެ މި ދަތުރުފުޅުގައި އައްޑޫސިޓީ ސްކޫލްތަކުގެ މުވައްޒަފުންނާއި ބައެއް ބެލެނިވެރިންނާއި ބައްދަލު ކުރެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގައި މިއަދު ހަވީރު ހުޅުމީދޫއަށް ވަޑައިގެން ޝަމްސުއްދީން ސްކޫލްގެ ބެލިނިވެރިންނާއި ބައްްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމަކީ ޝަމްސުއްދީން ސްކޫލް އުވާލަންޖެހޭކަމަށް ބައެއް މީހުން ބުނަމުންދާތީވެ، އެކަމުގެ ކަންބޮޑުވުންތައް މިނިސްޓަރާއި ހިއްސާ ކުރެއްވުމަށް ބާއްވާ ބައްދަލުވުމެކެވެ.

ޑރ. އައިޝަތު އަލީ އައްޑޫ ދަތުރުފުޅަށް ފަހު މާދަމާގެ ވަގުތެއްގައި ފުވައްމުލަކް ސިޓީއަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ