ޚަބަރު

މާރާމާރީ އިތުރުވަމުންދާތީ، އައްޑޫސިޓީގައި ފުލުހުންގެ އޮޕަރޭޝަނެއް ފަށައިފި


މާރާމާރީތައް އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށް ފުލުހުންގެ އެސްއޯ ޓީމެއް އައްޑޫސިޓީގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

މި އޮޕަރޭޝަނަކީ ކުށްކުރާ މީހުންގެ ފަރާތުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ނުތަނަވަސްކަމާއި ބިރުވެރިކަން ކުރިމަތިވަމުންދާތީ ކުށުގެ ބިރުވެރިކަން ކުޑަކޮށް ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި ފުލުހުން ހިންގާ ޚާއްސަ އޮޕަރޭޝަނެކެވެ.
މިމަހުގެ ވިހި ވަނަ ދުވަހު ހިތަދޫގެ ތިން ގެއަކަށް ބަޔަކު ވަދެ، ގޭތެރޭގައި ހުރި ތަކެއްޗަށް ގެއްލުންތަކެއްދީ މާރާމާރީ ހިންގާފައި ވެއެވެ. މީގެ ތެރެއިން ގެއެއްގެ ބަދިގޭ ރޯކޮށްފައިވާއިރު، އިތުރު ގެއަކާއި، ބައެއް ފިހާރަތަކުގެ ބިއްލޫރިތައްވެސް ވަނީ ތަޅާފައެވެ.
މި މަހުގެ ފަނަރަ ވަނަ ދުވަހުވެސް އައްޑޫސިޓީގައި ފުލުހުން މިފަދަ އޮޕަރޭޝަންތަކެއް ހިންގާފައި ވެއެވެ. މި އޮޕަރޭޝަނުގައި ރަށުގެ އެކަހެރި ސަރަހައްދު ތަކުގައި ހުރި މީހުން ދިރިނޫޅޭ ފަޅު ގެ ތަކާއި ގްރޫޕްތައް އެއްވެ އުޅޭ ގޭގެއާއި އެއްވެއުޅޭ ސަރަހައްދުތައް ބަލައިފާސްކޮށް ބައެއް ފަރާތްތަކާއި ސުވާލުކޮށް މަޢުލޫމާތު އޮޅުންފިލުވައިފައިވެސް ވެއެވެ.